މިއަދަކީ ދުނިޔޭގެ ޓީބީ ދުވަހެވެ. ކޮންމެ އަހަރަކު ވެސް މި ދުވަސް ފަހަގަ ކުރަނީ މާރިޗު މަހު 24 ވަނަ ދުވަހުއެވެ.

މިއީ ނުރައްކާތެރި މި ބައްޔަށް މީހުން ހޭލުން ތެރިކޮށް، ސަމާލު ވުމުގެ މަގުޞަދުގައި ފާހަގަ ކުރާ ދުވަހެކެވެ. މި ދުވަސް ފުރަތަމަ ފާހަގަ ކުރީ 1882 ވަނަ އަހަރު އެވެ.

ޓީބީ އަކީ ދުނިޔޭގައިވެސް އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔެވެ. މި ބަލީގައި ދުވާލަކު ހަތަރު ހާހެއްހާ މީހުން މިދުނިޔެ ދޫކުރެއެވެ. އަދި ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް 28000 މީހުންނަށް މި ބަލި ޖެހެއެވެ. ނަމަވެސް މިއީ މިހާރު ފަރުވާ ކުރެވޭ ބައްޔެކެވެ.

ދެހާސް ވަނައަހަރު ޓީބީ ޖެހުނު މީހުންގެ ތެރެއިން ފަރުވާދީގެން 63 ޕަސެންޓް މީހުން ވަނީ ބަލިން ސަލާމަތް ކުރެވިފައެވެ. މިއީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ.

މިއަހަރުގެ ޓީބީ ދުވަހުގެ ޝިއާރަކީ "ދަ ކްލޮކް އިޒް ޓިކިންގް" (މިއީ ގަޑީގެ ކަށި ހިނގާ އަޑު ޓިކް، ޓިކް ) އަޑެވެ.

ކޮވިޑްގެ އާލަމީ ވަބާ މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާއިރު ޓީބީ އަށް ފަރުވާ ހޯދާ މީހުން އިތުރަށް ސަމާލުވާން ޖެހެއެވެ.

ޓީބީ އިން ސަލާމަތް ވުމަށްޓަކައި ޅަފަތުގައި ބީސީޖީ ވެކްސިން ދޭން ޖެހެއެވެ. ވެކްސިންގެ ސަބަބުން ގިނަ ގައުމުތަކުގައި މި ބަލި ވަނީ ކޮންޓްރޯލު ކުރެވިފައެވެ.

އަހަރެމެން ދިވެހިރާއްޖޭގައިވެސް ޓީބީ އަށް ފަރުވާ ހޯދާ މީހުން ތިބިކަން ފާހަގަ ކުރެވެއެވެ.