ހިޔާ މަޝްރޫޢުއިން ފުލުހުންނާއި ސިފައިންނަށް ފުލެޓު ލިބުނު ކެޓަގަރީ އުވާލަން އުޅޭ ކަމުގެ ވާހަކަތައް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދޮގުކުރައްވައިފިއެވެ.

އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ‏ހިޔާ ފުލެޓުން ފުލުހުންނަށް ކަނޑައެޅި 300 ފުލެޓު އަދި ސިފައިންނަށް ޚާއްޞަކުރި 300 ފުލެޓު، ޖުމްލަ 600 ފުލެޓު، ސަރުކާރަށް ނަަގަން ، އެ ދެ ކެޓެގަރީ އުވާލަން މަޝްވަރާ ކުރެވެމުންދާ ވާހަކަ އަދި އެކަމުގެ ކަންބޮޑުވުން، އެޖަމުޢިއްޔާގެ ‏މެންބަރުންގެ ތެރޭގައި ހިމެނޭ ބައެއް ފުލުހުން އަދި ސިފައިން ހިއްސާކޮށްފައިވާކަމަށެވެ.

މި ވާހަކަތައް ދޮގުކުރައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން ސިފައިންނަށް ލިބޭ 300 ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ފޯމުތައް އިވޭލުއޭޓްކޮށް، އިންޓަރވިއު ކުރިކަން ސިފައިންނަށް އެނގޭނެ ކަމަށެވެ