ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށާއި އެ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންނަށް ބޭނުންކުރުމަށްޓަކާ އާކްއިން 300 މާސްކް އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިިލްރަން، އާކްގެ ފަރާތުން މި 600 މާސްކް ހަދިޔާކޮށްދެއްވީ އެޖަމިއްޔާގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު މުރުތަޞާ މޫސާއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖަންސީ، އެޗް.ޕީ.އޭއިން ފާސްކޮށްފައިވާ މި މާސްކްގެ ޒަރިއްޔާއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާންމު ދިރިއުޅުމުގައި ދިމާވާ ދަތިތަކަށް ކޮންމެސް ވަރެއްގެ ލުއިތަކެއް ލިބި، މިފަދަ ދުވަސްވަރެއްގައި އެކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި އެހީތެރިވެދޭނެކަމަށް އާކްއިން ބުނެއެވެ.

ކޯވިޑް-19 އާ ގުޅިގެން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރު ހުރަސްތަކާ ކުރިމަތިވަމުންދާކަން އާކްއިން ފާހަގަކޮށްފައިވެއެވެ. އަދި އެކުދިންގެ ތަޢުލީމާއި އިޖްތިމާއި ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، އެކުދިން މުޖުތަމަޢުގައި އިތުރަށް އެކަހެރިވުމުގެ ފުރުޞަތު ބޮޑުވެފައިވާކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި، އެކުދިންގެ ޓީޗަރުންނަށް މި މާސްކްތައް ރައްދުކޮށްދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ދެއްވި އެހީތެރިކަމަށް އާކްއިން ޝުކުރު އަދާކޮށްފައެވެ.