ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގައި އިނގިރޭސިވިލތުން ބައިވެރިވުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިން އިނގިރޭސިވިލާތުގެ ވަކިވަކި ފަރުދުންނާ ދެކޮޅަށް ދަތިކުރަން ނިންމައިފިއެވެ. އިނގިރޭސި ވިލާތުން ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތު އިއްތިހާދަށް ތާއީދުކުރީ ޝިންޖިއާން ގައި މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގާ ނަސްލީ ދެކޮޅުވެރިކަމުގެ ސިޔާސަތާ ދެކޮޅު ހެދުމަށެވެ.
ޗައިނާ ފޮރިން މިނސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާއާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ޗައިނާއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބެއިޖިންގައި ހުންނަ އިނގިރޭސި އެމްބެސެޑަރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް އިހުތިޖާޖު ގެ ބަޔާނެއް ހަވާލު ކުރެވިފައި ވެއެވެ. އަދި ޗައިނާގެ ސަރަހައްދަށް ވަކި ވަކި ފަރުދުން ވަނުން މަނާ ކުރުން ހިމެނެއެވެ، އަދި އެފަރާތްތައް ޗައިނާގެ މީހުންނާއި ޗައިނާގެ މުއައްސަސާތަކާއެކު މާލީ މުއާމަލާތު ކުރުން މަނާ ކުރުންވެސް ހިމެނެއެވެ.
އެގޮތުން އިނގިރޭސިވިލާތުގެ ނުވަ މީހަކާއި ހަތަރު މުއައްސަސާއަކަށް ދަތިކުރުމަށް ނިންމާފައި ވެއެވެ. އޭގެ ތެރޭގައި އެމްޕީ އިއަން ޑަންކަން ސްމިތު ހިމެނިވަޑައިގަންނަވައެވެ.
މިއީ ޝިންޖިއާންގައި މިލިއަން މުސްލިމުން ބަންދުކޮށްގެން ގެންގުޅުމާއި އެމީހުންނަށް އަނިޔާ ދިނުންފަދަ ކަންކަން ހިންގަމުން ގެންދާކަމަށް ބައިނަލްއަގްވާމީ އިދާރާތަކުން ކުރާ ތުހުމަތުތަކަށް ޗައނާއިން ރައްދު ދޭ ގޮތެވެ.
ޗައިނާއިން ވަނީ ބޮޑެތި ބްރޭންޑްތައް ބޯއިކޮޓް ކުރުމަށްވެސް ކެމްޕޭނެއްވެސް ފަށާފައެވެ.