އދ. އަތޮޅުގެ ސްކޫލްތަކުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކުރައްވައިފިއެވެ.

މިއީ އދ.އަތޮޅު ކައުންސިލްގެ އިދާރާ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ދެމެދު އެއްބަސްވި އެއްބަސް ވުމެކެވެ.

މި މަޝްރޫޢަކީ އދ.އަތޮޅުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ސްކޫލްތަކުގެ ފުރާޅުގައި ސޯލަރ ޕެނަލް ހަރުކޮށް، ސަރުކާރުން އެކުލަވާލެވިފައިވާ ފެހި ހަކަތައިގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން އިޢާދަކުރަނިވި ހަކަތަ އދ.އަތޮޅުގެ ސްކޫލްތަކަށް ފޯރިކޮށްދިނުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި އދ.އަތޮޅު ކައުންސިލަށް ލިބޭ އާމްދަނީ އިން ސްކޫލްތަކުގައި ހިންގާ އެކިއެކި މަޝްރޫޢުތައް އަދި ސްކޫލްތަކުގެ އާބާތުރަފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށް އެޑިޔުކޭޝަނުން ވިދާޅުވިއެވެ.