ފ.ބިލެތްދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލް ޢިމާރާތް ކުރުމަށް ކުންފުންޏަކާ މިއަދު ހަވާލު ކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑަށެވެ. އެކުންފުންޏާ މަސައްކަތް ހަވާލުކޮށް މިއަދު ވަނީ އެއްބަސް ވުމުގައި ސޮއި ވެސް ކުރައްވައިފައެވެ. މިއެއްބަސްވުމުގައި ވާގޮތުން300 ދުވަސްތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ. އެކުންފުންޏާ މި މަސައްކަތް ހަވާލު ކުރެއްވީ އަށްމިލިއަން ދެލައްކަ ނުވަދިހަ ދެ ހާސް ހަތް ސަތޭކަ ސާދަ ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި އަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ.

އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝަމީމެވެ