ޅ. ހިންނަވަރަށް ވަރަށް ބޮޑަށް އުދަ އަރަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ހިންނަވަރު ބަނދަރު ސަރަހައްދަށް އުދަ އަރައި، ރަަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު 12:26 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހިންނަވަރު ކައުންސިލުން ބުނީ ލޮނުގަނޑު މުޅި ރަށަށް ފެތުރިފައިވާއިވާ ކަމަށާއި ގެތަކާއި ސިއްހީ މަަރުކަޒަށް ވެސް ލޮނުވަދެފައިވާ ކަމަށެވެ. އަދި ބަނދަރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރަށް ވެސް އެކި ކަހަލަ ގެއްލުންދަނީ ކުރަމުންނެވެ.