ރާއްޖެއާ ރަޙުމަތެރި ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް 25 ޓަނު ކަދުރު ރާއްޖެއަށް ހަދިޔާ ކުރައްވައިފިއެވެ.
މިއީ ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް އެ ގައުމުން ރާއްޖެއަށް ހަދިޔާކުރާ އެއްޗެކެވެ.
މިއީ ދިވެހި ރައްޔިތުންނަށް ބެހުމަށް ސަޢުދީން ރާއްޖެއަށް ހަދިޔާ ކުރައްވާ ކަދުރެވެ. މިއަހަރު ހަދިޔާކުރެއްވި ކަދުރާ ރާއްޖޭގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙުމަދު ޒާހިރު ޢަލީ އވެ.
ކަދުރު ހަދިޔާ ކުރުމުގެ ރަސްމިއްޔާތު އޮތީ މިމަހު 28 ވަނަ ދުވަހު އެވެ. އެކަން އޮތީ ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީގައެވެ.
މީގެ ކުރީގެ އަހަރުތަކުގައި ސަޢުދީގެ ފަރާތުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރައްވާފައިވެއެވެ.