ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގއ. އަތޮޅު "ޕާކް ހަޔާތް މޯލްޑިވްސް" ހަދާ ރިސޯޓްގެ ބޭރު ޖެޓީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާ ހިނގައިގެން ރިޕޯޓު ލިބިފައިވަނީ ރޭ 21:58 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓު ގާޑުގެ ސިފައިން ލޯންޗް ތިލަ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާވެފައެއް ނުވެއެވެ.