އަންނަ ބަރަކާތްތެރި ރަމަޟާން މަހު އެސްޓީއޯއިން ފިޔާ، ބިސް، އަލުވި ވިއްކާނެ ޚާއްސަ އަގުތައް މިއަދު ހާމަކުރައްވައިފިއެވެ.

އެކުންފުނީން ވިދާޅުވީ ބިސް ކޭހެއް ވިއްކާނީ 265 ރުފިޔާއަށް ކަމަށެވެ. ބިހެއް ވަކިން ވިއްކާނީ 1.40 ރުފިޔާއަށެވެ.

ފިޔާ ބަސްތާއެއް ވިއްކަން ހަމަޖެހިފައިވަނީ 200 ރުފިޔާއަށެވެ. ފިޔާ ކިލޯއެއް 9.50 ރުފިޔާ އަށެވެ.

އަލުވި ބަސްތާއެއް ވިއްކާނީ 185 ރުފިޔާ އަށެވެ. އަލުވި ކިލޯއެއް ވިއްކާ އަގަކީ 9 ރުފިޔާ ކަމަށް އެސްޓީއޯއިން ވިދާޅުވެފައިވެއެވެ.

އެސްޓީއޯއިން ވިދާޅުވީ އަތޮޅުތެރޭގައި ގާއިމް ކޮށްފައިވާ އެކުންފުނީގެ ފިހާރަތަކަށް ވެސް މި ސާމާނު ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. އެތަންތަނުން ވެސް މި ސާމާނު ވިއްކާނީ މި އަގުގައެވެ.

ރޯދަމަސް ނިމެންދެން އެއްވެސް ދަތިކަމެއް ނެތި ތިން ބާވަތް ލިބޭނެ ކަމަށް އެކުންފުނީން ވިދާޅުވިއެވެ.