ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އަށް ތާއީދުކުރަން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނިންމައިފިއެވެ.

މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް އޭނާ އަށް ތާއީދު ކުރައްވާތީ ގައުމު އެ މީހަކަށްޓަކާ ފަހުރުވެރިވާ އަދި ދެވަނައެއް ނުވާ ދަގަނޑޭ އަށް ޝުކުރު އަދާކުރާ ކަމަށެވެ.

ދަގަނޑޭގެ އިތުރުން ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު އާއި ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ވެސް ވަނީ މުއިއްޒު އަށް ތާއީދު ކުރައްވަން ނިންމަވާފައެވެ. އުމަރު ޒާހިރަކީ މި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްގެ މެމްބަރެއްކަން ފާހަގަކޮށްލެވެއެވެ.