އަޑަށް ވުރެން ބާރަށް ދަތުރުކުރާ މަތިން ދާބޯޓެއް، އެމެރިކާގެ ރިއާސީ ދަތުރުތަކަށްޓަކައި، އުފެއްދުމުގެ މަސައްކަތް ކެލިފޯނިއާ ކުންފުންޏަކުން ފަށައިފިއެވެ. އެމެރިކާ ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެކްސޯސޮނިކް ކުންފުންޏާއެވެ. މިކުންފުންޏަކީ ލަގްޒަރީ ދަތުރުތަކަށް ބޭނުންކުރާ މަތިންދާބޯޓް އުފައްދާ ކުންފުންޏެކެވެ. އެހެންނަމަވެސް އެމެރިކާގެ ރިއާސީ އުދުހޭ ބޯޓް އުފެއްދުމަށް ހަމަޖެހިފައިވަނީ އެކުންފުނިން އާންމުކޮށް އުފައްދާ 70 މީހުންގެ ޖާގަ 31 ފަސިންޖަރުންނަށް ކުޑަ ކޮށްގެން މީޓީން ރޫމްތަކާއި ހޯލްތައް ހިމަނައިގެންނެވެ.

މިއީ ފަސްހާސް މޭލުގެ ރާސްތާއަކަށް ސީދާ ދަތުރުކުރެވޭ ގޮތަށް ފަރުމާ ކުރެވޭ ބޯޓެކެވެ. އަދި އަޑަށް ވުރެން ބާރަށް މި ބޯޓު އުދުހޭއިރު، މި ބޯޓުގެ އަޑުން މީހުންނަށް އުނދަގުލެއް ނުފޯރާނެއެވެ.

އައު ރިއާސީ ޖެޓް ދަތުރުކުރާނީ، ގަޑިއަކު 1381 މޭލުގެ ބާރުގައެވެ. މިއީ މިހާރު ބޭނުންކުރާ އުދުހޭ ބޯޓުތަކުގެ ދުވެއްޔަށްވުރެން ދެ ގުނަ ހަލުއި މިނެކެވެ. މި ބޯޓު ޚިދުމަތަށް ނެރުމަށް ހަމަޖެހިފައި ވަނީ 2030ގެ މެދުތެރޭގައެވެ.