ބަންގްލަދޭޝްއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ ގައުމެވެ. ބަންގްލަދޭޝްގެ 50 އަހަރުގެ ކާމިޔާބީއަށް ބަލާއިރު، މުހިންމު ކަންކަމެއް ފާހަގަ ކުރެވެއެވެ.

1971ގައި ބަންގްލަދޭޝ މިނިވަން ވިއިރު އެގައުމުގެ ޖީޑީޕީ ކުރިއަރަމުން ދިޔައީ، މައިނަސް 14 އިންސައްތައިގައެވެ. މިއަދު ބަންގްލަދޭޝްގެ ޖީޑީޕީއަކީ 7.8 އިންސައްތައިގައި ދެކުނު އޭޝީއާގެ އެންމެ ބޮޑު ދެ ގައުމުގެ ކުރީގައި އޮވެގެން ކުރިއަރަމުންދާ އިގްތިސާދެކެވެ. އިންޑިއާގެ އިގްތިސާދީ ދުލެވި އުޅެނީ، 6.1 އިންސައްތައިގައެވެ. ޕާކިސްތާންގެ އިގްތިސާދީ ދުވެލު އުޅެނީ 5.8 އިންސައްތައިގައެވެ.

ބަންގްލަދޭޝް ވަނީ ބޮލަކަށް ޖެހޭ އާމްދަނީގައިވެސް މި ދެ ގައުމު ޖަހާލައި ކުރިއަރައިގެން ގޮސްފައެވެ. ބަންލްދޭޝ އިން އިންޑިއާ ޖަހާލައި ކުރިއަރައިގެން ދިޔައީ މިދިޔަ އަހަރުއެވެ. ތަރައްގީ މިނުމަށް ވަރލްޑް ބޭންކުން ބޭނުންކުރާ 14 ވަރލްޑް ޑިވެލޮޕްމެންޓް އިންޑިކޭޓާރޒްގައި ދަރިމައި ވުމާއި އުމުރު ދިގުވުމުގެ މިންގަނޑުން ބޮޑު ދެ ގައުމަށް ވުރެން ބަންގްލަދޭޝް އުޅެނީ ކުރީގައެވެ. މި ކަންކަމުގައި ޕާކިސްތާން އާއި ބަންގްލަދޭޝް އަޅާ ކިޔާއިރު ތިމާވެށީގެ ވައިގެ ނުތަނަވަސްކަމުގައި ޕާކިސްތާން އުޅެނީ ކުރީގައެވެ. އަދި ހަތް ދާއިރާއަކުން އިންޑިއާއަށް ވުރެން ބަންގްލަދޭޝް ކުރީގައި އުޅެއެވެ.

ދެކުނު އޭޝީއާގެ ބޮޑު ދެ ނިއުކްލިއަރ ބާރަށް ވުރެން ބަންލްދޭޝްގައި މީހުންގެ އުމުރުވެސް ދިގެވެ. ބަންގްލަދޭޝްގައި މީހުންގެ އެވްރެޖް އުމުރަމީ މިހާރު 72.3 އެވެ.

މިއީ ފަގީރު ކަމާއި ހައި ހޫނުކަމާއި ނިޒާމީ ސިފައެއްގައި ދުޝްމަން ސިފައިންގެ މީހުން ހަށި ހުއްދަކޮށްގެން، އަންހެނުންގެ އިއްފަތް ފޭރިގަނެ، ނަސްލެއް ނެތިކޮށްލުމުގެ ތެރޭން އުފަންވި ގައުމު، ބަންގްލަދޭޝް މިނިވަން 50 ފާސް ފާހަގަ ކުރާއިރު ފެންނާން ހުރި ތަރައްގީއެވެ.

ބަންގްލަދޭޝް އިން ކޮންމެ އަހަރެއްގެ މާޗް 25 ވަނަ ދުވަސް ފާހަގަ ކުރަނީ "ޖެނޮސައިޑް މެމޯރިއަލް ޑޭ"ގެ ގޮތުގައެވެ.

މިގައުމުގެ ކުރިމަގަށް އޮތް ހުރަހެއް ކަމުގައި ފެންނާން އޮތީ ހަމައެއް ނެތި، ހުރިހައި ކަމެއްގައި ދެކޮޅުވެރިކަން ދައްކާ، އިސްލާމީ ޚިޔާލުގެ ހައްދުފަހަނައަޅާފައިވާ މީހުންނެވެ.

އީސްޓް ޕާކިސްތާނާއި ވެސްޓް ޕާކިސްތާން ވަކި ވެގެން ދިޔައީއެވެ. އެއިރު، ޕާކިސްތާނުން ދައުލަތެއް ބިނާ ކުރުމަށް ބޭނުން ކުރީ އިސްލާމީ ޝަޚްސިއްޔަތާއި އުރުދޫ ބަހެވެ. އެއާ ޚިލާފަށް ބަންގްލަދޭޝް އިން ބޭނުން ކުރީ އެގައުމުގެ ނަސްލީ ދީނީ ތަފާތުކަމާއި ބެންގާލީ ސަގާފަތް ބިންގަލަކަށެވެ.

ބަންލްގަދޭޝްގެ ބޮޑު ވަޒީރު ޝެއިޚު ހަސީނާގެ އެދިވަޑައިގަތުމަކަށް އެކުލަވާލި ބަންގްލަދޭޝްގެ ނަސްލުނެތިކޮށްލުމުގެ އަމަލުތައް ބަލާ 2009ގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ޙުކުމް ކޮށްފައިވާ މީހުންނަކީ ޖަމާއަތޭ އިސްލާމީ އަށް ނިސްބަތް ވާ މީހުންނެވެ. މިއީ ޕާކިސްތާން ސިފައިންގެ ވާގިވެރިކަމާއެކު ޝެއިޚު މުޖީބުއްރަޙްމާން އަވަހާރަކޮށްލައި، އަސްކަރީ ލީޑަރ ޒިޔާއުއްރަޙްމާނަށް ތާއީދު ކުރި މީހުންނެވެ.

ޖަމާއަތޭ އިސްލާމީ ފަހަތަށް ޖެހުމާއެކު ކުރީ ސަފުގައި މިހާރު ނަގާކިޔަމުން ދާ މީހުންނަކީ ހިފާޒަތޭ އިސްލާމް ޖަމާއަތުގެ މީހުންނެވެ. މި މީހުންނަކީ ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކަށް މަރުގެ ޙުކުމް އިއްވުމަށް ގާނޫނެއް ފާސްކުރުމަށް ގޮވާލާ، އިސްލާމީ ސަލަފިސްޓް އުސޫލުތައް އަށަގެންނެވުމަށް މަސައްކަތް ކުރަމުންދާ މީހުންނެވެ.

ސިޔާސީ ތާއީދަށްޓަކައި ބަންގްލަދޭޝް ސަރުކާރުން ދަނީ މީހުން ރުއްސުމަށްވެސް ބައެއް މަސައްކަތްތަކެއް ކުރަމުންނެވެ.