ރައްޔިތުންގެ ވޯޓު ހައްގުވަނީ ޕީޕީއެމަށް ކަމަށް ރާއްޖޭގެ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފަންސާސް އަހަރު ތެރޭ ބޯހިޔާވަހި ކަމަށް އެންމެ ބޮޑު ބަދަލު ގެނައި ހަމައެކަނި ވެރިއަކީ ރައީސް ޢަބްދުﷲ ޔާމީން ކަމަށެވެ. "އާ ޤާނޫނުއަސާސީ އަށް ފަހު މާލޭ ރަށްޔިތުން އިޙްޞާސްކުރީ ރައީސް ޔާމީން ވެރިކަމުގަ. ބޯހިޔާވަހިކަމަށް 50 އަހަރުތެރޭ އެންމެ ބޮޑު ބަދަލުގެނައި ހަމައެކަނި ވެރިޔަކީ އެއީ،" ޖަމީލް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ލީޑަރާއި ޕާޓީއަކީ ރައީސް ޔާމީނާއި ޕީޕީއެމް ކަމަށެވެ. މިފަދަ ކަންކަން ކުރެވޭނީ ޔާމީނަށް ކަމަށް ވިދާޅުވެފައިވެއެވެ.

"އިތުބާރުކުރެވޭ ލީޑަރ/ޕާޓީއަކީ ޕީޕީއެމް. އަދި މިކަން ކުރެވޭ ރައީސް ޔާމީން/ޕީޕީއެމް. ރައްޔިތުންގެ ވޯޓު ޙައްޤީ މިޕާޓިއަށް،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.