މިސިޒް ސްރީލަންކާ ގެ ބޮލުން ރީތީގެ ރާނީ ނެގުމުން އޭނާއަށް ހަސްފަތާލުގައި ފަރުވާ ދީފިއެވެ. މިސިޒް ސްރީލަންކާ 2021 ގެ ލަގަބު ޕުޝްޕިކާ ޑިސިލްވާއަށް ލިބުމާ އެކު އޭނާއަށް މިސިޒް ސްރީލަންކާގެ ޖާތު ދެވުނެވެ. އެހެން ނަމަވެސް އިރުކޮޅެއްގެ ތެރޭގައި 2020ގެ މިސިޒް ސްރީލަންކާ ކެރޮލީން ޖޫރީ، އިޢުލާން ކުރީ ޕުޝްޕިކާއަކީ ވަރިކޮށްފައިވާ ކަނބަލެއްކަމުން އޭނާއަށް މި މަގާމު ހައްގެއް ނުވާ ކަމަށެވެ. އެހެން ބުނުމަށްފަހު ސްޓޭޖަށް އަރައި އޭނާގެ ބޮލުން ގަދަކަމުން ތާޖު ބޭލުމަށްފަހު ދެވަނައަށް ދިޔަ ކުއްޖާގެ ބޮލުގައި ތާޖު ބޭއްވިއެވެ.
މީހުންނާ އިނދެގެން އުޅޭ ކަނބަލުންގެ ތެރެއިން ހޮވާ ރީތީގެ ރާނީއަށް ޝަރުތު ހަމަވެގެން ޕުޝްޕިކާއަށް މަގާމު ދީފައިވަނީ ތަހުކީމް ކޮމިޓީގެ އިއްތިފާގުންނެވެ.
މިނޭއްގާނީ އަމަލު ހިންގުމުން ޕުޝްޕިކާ ވަނީ ރޮމުން ސްޓޭޖުން ފައިބައިގެން ގޮސްފައެވެ.
ތަހުކީމު ކޮމިޓީން ވަނީ ޖޫރީގެ އަމަލުކޮށްވެރިކޮށްފައެވެ. އަދި އަލުން، ޕުޝްޕިކާއަށް އޭނާގެ މަގާމު ދީފައެވެ.
މި ޑްރާމާގައި ލުޝްޕިކާގެ ބޮލުން ތާޖު ފޭރުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހަސްފަތާލުގައި އޭނާއަށް ފަރުވާ ދީފައި ވެއެވެ.
ފަހުން އެނގުނު ގޮތުގައި ޕުޝްޕިކާ އަދި ވަރިވެފައެއް ނުވެއެވެ. ނަމަވެސް ދެމަފިރިންގެ ދެބަސްވުމެއް އުޅޭކަން ވަނީ ކަށަވަރުވެފައެވެ.