އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަނާ ބެހޭ ބާވަތްތައް އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކައިދޭނެ އޭޖެންޓުންނަށް ވުމުގެ ފުރުސަތު އެކުންފުނީން ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ކޮށްފައިވާ އިއުލާނެއްބައި ބުނެފައިވަނީ އެޖެންޓުންގެ މަސައްކަތަކަށްވާނީ އެކުންފުނީން ވިއްކާ ކޮންސްޓްރަކްޝަނާ ބެހޭ މުދަ ކަނޑައެޅިފައިވާ އަތޮޅުތަކުގައި ވިއްކައި ދިނުން ކަމަށެވެ. ކޮންސްޓަރަކްޝަން މުދަލުގެ ތެރެއިން ވިއްކުމަށް ހަމަޖެހިފައިވަނީ ސިމެންތިއާއި ހިލައާއި ހިލަވެއްޔާއި ދަގަނޑާއި ޕުލައިވުޑާއި ދަގަނޑު ހޮޅިއާއި ޓިނާއި ޓިނާ ބެހޭ ސާމާނެވެ. މި މުދާ ވިއްކުންމަށް އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވަނީ 11 އަތޮޅަކުންނެވެ. އެއީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ، ތ އަތޮޅު ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އެޖެންޓުންގެ ގޮތުގައި ހަމަޖައްސާނީ ރަޖިސްޓްރީ ކޮށްގެން މިހާރުވެސް ވިޔަފާރި ކުރަމުންދާ ފަރާތްތަކެވެ. ކޮންމެ އަތޮޅަކުން ނަގާނީ ދެ އެޖެންޓުން ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ. މިކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ގިނަވެގެން ބީލަށް ހުށަހެޅޭނީ ދެ އަތޮޅަކަށެވެ.

ބީލަން ހުށަހެޅުމުގެ ފުރުސަތު އެޕްރީލް 25 އާ ހަމައަށް އޮންނާނެއެވެ.