އެމްއެންޑީއެފް ސަދަން އޭރިއާގައި ސަރވިސްކޯރގެ ކޮމްޕޯނެންޓެއް މިއަދު ގާއިމުކޮށްފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ.

ސާރވިސްކޯރގެ މިކޮމްޕޯނަންޓްގެ ބޭނުމަކީ ރައްޔިތުންނާއި ގާތުން އަވަސް ކަމާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަށް އޭރިއާގައި ހިންގާ ތަފާތު އޮޕަރޭޝަންތަކަށް، ބޭނުންވާ ލޮޖިސްޓިކް ސަޕޯރޓް ފޯރުކޮށްދިނުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއަދު ޤާއިމުކުރެވުނު ސާރވިސްކޯރ ކޮމްޕޯނަންޓްގެ ސަބަބުން އެމްއެންޑީއެފް ސަދަން އޭރިއާގައި ހިންގާ އޮޕަރޭޝަންތައް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިއީ ސިފައިންގެ އާ ކެޕްސްޓޯން ޑޮކްޓަރީން ގައިވާ ގޮތުގެ މަތިން، ސިފައިންގެ އަސްކަރީޤާބިލް އިތުރުކޮށް ރައްޔިތުންނާއި ގާތުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަގުޞަދުގައި ޤައިމްކުރި ޚިދުމަތެއް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރވިސްކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް އިބްރާހީމް ރަޝީދުގެ އިތުރުން ސަރވިސްކޯރގެ ގިނައަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.