އދ. މާމިގިލިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް އަރައިފިއެވެ.

މާމިގިލި ހެލްތު ސެންޓަރު ބުނީ އިއްޔެ އިތުރު 11 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެސެންޓަރުން ބުނީ މިހާތަނަށް އެރަށުން 443 ސާމްޕަލް ނަގާފައި ވާއިރު އޭގެ ތެރެއިން 300 ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ. އަދި ނަތީޖާ ނުލިބި 62 ސާމްޕަލެއް ވާއިރު 59 ސާމްޕަލްވަނީ އަދި ނުފޮނުވާކަމަށް އެސެންޓަރުން ބުނެއެވެ.

މާމިގިލި ފުލޫ ކުލިނިކުން މިދިޔަ ހަފްތާގައި ނެގި ސާމްޕަލެއް ޕޮޒިޓިވްވެ އެރަށް ވަނީ މިމަހު 4 ގައި މޮނިޓަރިންއަށްލާފައެވެ.