ޕާކިސްތާންގެ އެންޓިޓެރަރިޒަމް ކޯޓުގެ ގާޒީއަކާއި އޭނާގެ އާއިލާގެ މެންބަރުން އަވަހާރަކޮށްލައިފިއެވެ. ޚައިބަރު ޕަޚްތޫންޚުވާގައި ހިންގާފައިވާ މި ޖަރީމާގައި އަވަރާކޮށްފައި ވަނީ އެންޓި ޓެރަރިޒަމް ކޯޓުގެ ގާޒީ އަފްތާބް އަފްރީދިއާއި އޭނާގެ އަނބިކަނބަލުންނާއި ކާފަދަރިފުޅަކާއި ދަނބި ދަނރިފުޅެކެވެ.
ފުލުހުން ލަފާކޮށްފައިވާ ގޮތުގައި މިއީ ގާޒީ އަވަހާރަކޮށްލަން އަމާޒުކޮށްގެން ދީފައިވާ ހަމަލާއެކެވެ.
މި ހަމަލާ ދިން އިރު ގާޒީއާއި އޭނާގެ އާއިލާ ދަތުރުކުރަމުން ދިޔައީ ޕޭޝާވަރުން އިސްލާމްއާބާދަށް ކާރުގައެވެ.
ގާޒީގެ ސެކިއުރިޓީގައި ހިމެނޭ ދެ ފުލަކަހަށްވެސް މިހަމަލާގައި އަނިޔާލިބިފައި ވެއެވެ.
ގާޒީންނަށް އަމާޒުކޮށްގެން ޕާކިސްތާންގައި ހަމަލަތައް ދީ ހަދައެވެ. 2019 ފެބްރުއަރީގައި ޕީޝާވަރު ހައިކޯޓުގެ ގާޒީ އައްޔޫބު ޚާން ކާރުގައި ދަތުރުކުރައްވަނިކޮށް، އަވަހާރަކޮށްލަން ހަމަލަ ދީފައި ވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަފްރީދީ އަވަހާރަކޮށްފައި ވަނީ އޭކޭ47ގެ ބަޑިއަކުން ހަމަލަ ދީގެންނެވެ.