ސްރީލަންކާގެ ބަންޑާރަ ނާއިބް ވަނީ ފުލުހުންނަށް މުސްލިމުން ހިންގާ 11 ޖަމާއަތެއް ބަންދުކުރުމަށް އަމުރު ނެރުއްވާފައެވެ.
މިޖަމާއަތްތަކުގެ ތެރޭގައި ހިމެނެނީ،
ޔުނައިޓެޑް ތައުހީދު ޖާމާއަތް
ސިލޯން ތައުހީދު ޖަމާއަތް
ސްރީލަންކާ ތައުހީދު ޖަމާއަތް
އޯލް ސިލޯން ތައުހީދު ޖަމާއަތް
ޖަމްއިއްޔަތުލް އަލްސާރު ސުންނަތުލް މުހައްމަދިއްޔާ'
ދާރުލް އަޒްހަރު
ޖާމިއުލް އަޒުހަރު
ސްރީލަންކާ އިސްލާމިކް ސްޓޫޑެންޓް މޫވްމަންޓް
އިސްލާމިކް ސްޓޭޓް އޮފް އިރާގް އެން ސީރިއާ
އަލް ގާއިދާ
ސޭވް ދަ ޕަރލްސް އެންޑް ސުޕަރ މުސްލިމްސް އެވެ.
ސްރީލަންކާގައި އިސްޓާ ބޮމުގެ ހަމަލާއާ ގުޅިގެން ސަރުކާރުން ތިން ޖަމާއަތެއް ވަގުތުން މަނާކުރިއެވެ. އެއީ، ނޭޝަނަލް ތައުހީދު ޖަމާއަތް، ޖަމާއަތޭ މިއްލަތޭ އިބްރާހީމްއާއި ވިލާޔަތު އައްސީލާނީ ޖަމާއަތެވެ.
މި ޖަމާއަތްތައް ބަންދު ކޮށްފައި ވަނީ ޓެރަރިޒަމް ހުއްޓުވުމާ ބެހޭ ގާނޫނުގެ ދަށުންނެވެ.