އިންސާނުންގެ ވަގުފާރީގައި އުޅުނު ޕާކިސްތާން މީހެއްގެ މުދާތައް ހިފަހައްޓައި ފިޔަވަޅު އަޅައިފިއެވެ. އާބިދު އަލީ ޚާން އަކީ ޕާކިސްތާންގެ ރައްޔިތެކެވެ. އޭނާގެ މައްޗަށް އެމެރިކާއިން ތުހުމަތުކޮށްފައިވަނީ އަފްޣާނިސްތާނާއި ޕާކިސްތާނުން މީހުންގެ ވަގުފާރި ކުމުރުގައި އޭނާ ބައިވެރި ވާކަމަށެވެ.

ޚާން، ގެ އިންސާނީ ވަގުފާރީގެ ޚިދުމަތަށް ކޮންމެ ބޮލަކަށް 20 (ވިހި) ހާހެއްހާ އެމެރިކާ ޑޮލަރު ނަގައެވެ. މި މީހުން މެދުތެރޭ އެމެރިކާއާއި ދެކުނު އެމެރިކާއަށް ގެނަސްގެން އެއަށްފަހު މެކްސިކޯ މެދުވެރިކޮށް އެމީހުން އެމެރިކާއަށް ވަގަށް ވައްދައެވެ.

މިމަސައްކަތގައި ވަގު ޕާސްޕޯޓްތައް ބޭނުން ކޮށްފައިވާ ކަމަށްވެސް އެމެރިކާ އިން ބުނެއެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ޚާނާ ދެކޮޅަށް ފިޔަވަޅު އަޅަމުން ބުނެފައި ވަނީ، ޚާން، 2015 އިން ފެށިގެނ މި ވިޔަފާރީގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ.