މާފަންނު މުއިވެޔޮ މަގު ބަންދުކޮށްގެން ހަތިޔާރާއެކު ސަލާމަތީ ބާރުތަކުން އޮޕަރޭޝަން ހިންގީ ހަތިޔާރު ގެންގުޅޭ ކަމަަށް ރިޕޯޓު ލިބިގެން ކަމަށް ފެނުނީ އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ ފުލުހުން ހިންގާ އޮޕަރޭޝަންއަކަށް، ފުލުހުން އެދިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ އޮޕަރޭޝަން މިހާރު ނިންމާލައިފި ކަމަށާއި ސިފައިން ހަރަކާތްތެރިވީ ހަތިޔާރު ގެންގުޅޭ ކަމަށް ރިޕޯޓު ލިބިގެން ކަމަށެވެ. ނަމަވެސް ޗެކްކުރި އިރު ފެނުނީ ކުޅޭ ކުޅޭ ބަަޑިއެއް ކަމަަށް އެމްއެންޑީއެފުން ބުނެއެވެ.