ޖަނަވާރު ހިމާޔާތް ކުރުމުގެ މުއާހަދާގައި ޗައިނާ ބައިވެރިވިތާ 40 އަހަރު ފުރުން ފާހަގަ ކޮށްފިއެވެ. ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑެންޖަރޑް ސްޕީޝަޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިތޓްސް) މުއާހަދާގައި ބައިވެރިވެގެން ޗައިނާ އިން ވަނީ ހިމާޔަތް ކުރަން ޖެހޭ 85 އިންސައްތަ ޖަނަވާރުން ހިމާޔަތް ކޮށްފައެވެ.

ޗައިނާ ސަރުކާރުން ބުނާ ގޮތުގައި އާންމުންގެ މެދުގައި ވަލު ޖަނަވާރު ކެއުމުގެ ޝައުގުވެރިކަމަށް ނިމުމަށް ގެނައުމަށްވެސް ދަނީ މަސައްކަތް ކުރެވެމުންނެވެ.

ވޫހާންގެ ޖަނަވާރު ވިއްކާ މާރުކޭޓަކުން ވާލެއްގެ ޒަރީއާއިން ދުނިޔެއަށް ކޮރޯނާ ވައިރަސް، ކޮވިޑް19 ފެތުރުނުކަމަށް ރިޕޯޓް ކުރުމާ ގުޅިގެން ޗައިނާއިން ހަރުކަށި ފިޔަވަޅުތަކެއް ތައާރަފް ކުރިއެވެ. އެގޮތުން ވަލު ޖަނަވާރުގެ ވިޔަފާރި ކޮންޓްރޯލް ކުރުމަށް ގަވާއިދުތައް ހަރުދަނާ ކުރިއެވެ.

ޗައިނާއިން ވަނީ ރަށްފުށުގެ އިގްތިސާދަށް ފަހިކޮށްދީ މީހުންގެ ފުރުދުންތެރިކަން އިތުރު ކުރުމުގެ ގޮތުން ވަލު ޖަނަވާރު ގެންގުޅެ އޭގެ ވިޔަފާރި ކުރުމަށް ޒަމާންތަކެއް ވަންދެން ރައްޔިތުންނަށް ހިތްވަރު ދީފައެވެ. ވަކިން ޚާއްސަކޮށް އެފްރިކާގެ 2018ގެ އޫރު ރޯގާ ފެތުރުމާ ގުޅިގެން ވަލު ޖަނަވާރު ވިޔަފާރި ޗައިނާގައި އާލާވެގެން ދިޔައެވެ.

އޫރު މަހުގެ ތަދުކަމެއް ކުރިމަތިވުމާ ގުޅިގެން ދޫންޏާއި މީދަލާއި، ހަރުފައާއި، މުގޮށި މީދަލާއި، ކަށި އޫރާއި އާދަވެގެން އޮޅުކޮށްގެން އިންސާނުން ނުގެންގުޅޭ ޖަނަވާރުންގެ މަސްކެއުން އާންމު ކަމަކަށް ވެގެން ދިޔައެވެ. ވަކިން ޚާއްސަ ގޮތެއްގައި މިކަން ދެކުނު ޕްރޮވިންސްތަކުގައި އާންމު ވިއެވެ.

ޗައިނާ ވައިލްޑްލައިފް ކޮންޒަވޭޝަން އެސޯސިއޭޝަންއިން 2004 ގައި ޝާއިއުކޮށްފައިވާ ސާރވޭއެއްގައި ބުނެފައި ވަނީ ސަހަރުތަކުގައި އުޅޭ އާބާދީގެ 46 އިންސައްތަ މީހުން ވަލު ޖަނަވާރު ގެ މަސް ކައިފައިވާ ކަމަށެވެ. އަދި 2.7 އިންސައްތަ މީހުން އާދަވެގެން ވަލު ޖަނަވާރުގެ މަސްކައި އުޅޭ ކަމަށެވެ.

2017 ޖެނުއަރީގައި ހަދާފައިވާ ސާރވޭއަކުން ދައްކަނީ، 52 އިންސައްތަ މާރުކޭޓްތަކުގައި ވަލު ޖަނަވާރު ވިއްކައި ހަދާ ކަމަށެވެ. އަދި 40 އިންސައްތަ ރެސްޓޯރެންޓްތަކުގައި މި ޖަނަވާރުގެ މަސް ހިމަނާގެން މީރު ޑިޝްތައް ތައްޔާރު ކުރާ ކަމަށެވެ.