ރާއްޖޭގެ އެއްވެސް ބޮޑު ސިޓީއަކަށް އެމްޑީޕީއަކަށް ތަރައްގީއެއް ނުގެނެވުނު ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ބޮޑު އެއްވެސް ސިޓީއަކަށްވެސް އެމްޑީޕީއަށް ތަރައްޤީއެއް ނުގެނެވުނު،" ކަމަށެވެ. އޭގެ ބަދަލުގައި މާލެއާއ އައްޑުއާއި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީއަށް ބިޔަ މަޝްރޫޢުތައް ގެނެސްދީފައިވަނީ ޕީޕީއެމް ސަރުކާރުގައި ރައީސް ޢަބްދުﷲ ޔާމީން ކަމީން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން "އިންތިޚާބުގެ ފައިދާ ރައްޔިތުންނަށް ކުރާނީ ޕީޕީއެމްގެ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވައިގެން،" ލަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލު މިހާރު ޕީޕީއެމާއި ރައީސް ޔާމީނަށް ތަޢުރީފް ކުރައްވައި ވާހަކަ ދެއްކެވިޔަސް އެމަނިކުފާނަކީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނެވުމަށް އިއްތިހާދުވެގެން ކުރި މަސައްކަތުގެ ލީޑަރަކަށް ހުންނެވި ބޭފުޅާއެވެ. އެދުވަސްވަރު އެމަނިކުފާނު ވަނީ ޕީޕީއެމާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.