މިހާރު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން އެއް ލައްކައަށްވުރެ ގިނަ މީހުން ވޯޓުލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް 100،829 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ މެންދުރު 1:50 އާއި ހަމައަށް ވޯޓު ލީ މީހުންގެ އަދަދެވެ.

ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ ހިމެނެނީ 53،689 ފިރިހެނުންނާއި، 47،140 އަންހެނުންނެވެ. އީސީން ބުނީ މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގުލިބިގެންވާ މީހުންގެ 36.9 ޕަސެންޓު މީހުން ކަމަށެވެ.

މި އިންތިހާބުގައި 273،128 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.