މިހާރު ކުރިއަށްދާ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 50.69 ޕަސެންޓު މޯހުން ވޯޓު ލައިފި ކަމަށް އޮލެކްޝަންސް ކޮމިޝަން (އީީސީ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު މެންދުރު ފަހު 3:40 ވީއިރު 138،444 މީހުން ވަނީ ވޯޓު ލައިފައި ކަމަށެވެ. ވޯޓު ލުމުގެ ހައްގި ލިބިފައިވާ މީހުންގެ ޖުމްލައަކީ 273،128 މީހުންނެވެ. އިންތިޚާބު މިހިސާބަށް އައިރު ރައީސާއި ނާއިބު ރައީސާއި ބައެއް ވަޒީރުން ވެސް ވަނީ ވޯޓު ލައްވައިފައެވެ.

އިންތިޚާބުގައި މިހިސާބަށް އައިއިރު ބައެއް ޕާޓީތަކުގެ ވަރަށް ބޮޑެތި ކަންބޮޑުވުން ވެސް އެބަހުއްޓެވެ. އެ ގޮތުން ޕީޕީއެމުން ތުހުމަތު ކޮށްފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނުސީދާކޮށް ކެމްޕޭން ކުރެއްވިކަމުގެ ތުހުމަތު ކޮށްފައެވެ. އަދި އެކަން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައިވެެއެވެ. މީގެ އިތުރު ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ވަނީ މިއަދު ހެެނދުުނުން ފެށިގެން ވޯޓު ފޮށި ކައިރީގައި ހުރެގެން ކެންޕޭން ކޮށްފައި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.