މާލޭ ސިޓީގެ މޭޔަރު ކަމަަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެވަޑައިގެންފިއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު މުއިއްޒުއަށް ވަނީ 9،305 ވޯޓު ލިބިވަޑައިގެންފައެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަނަސް އަށް ލިބިފައިވަނީ 5،573 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރާ އަލްހާން ފަހްމީ އަށް މިހާތަނަށް ލިބިފައި ވަނީ 259 ވޯޓެވެ.

އިންތިޚާބުން އަނަސް ބަލިވެފައިވާކަމުގެ އިޝާރާތެއް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ދެއްވާފައެވެ.

މާލޭގެ މޭޔަރު ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކުރައްވާފައިވާ އިރު، މާލެ ސިޓީގެ 3 ގޮނޑިއެއް މިހާރުވެސް ޕީޕީއެމް އިން ވަނީ ކަށަވަރު ކޮށްފައެވެ.