އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ރައްޔިތުން ކުރެއްވި އިތުބާރު އަމާނާތްތެރި ކަމާއެކު، ނަތީޖާއިން އަދާކޮށްދޭނެ ކަމުގެ ޔަގީންކަން މާލޭގެ މޭޔަރު ކަމަށް އިންތިހާބުވި ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ރައްޔިތުންގެ ކުރިމަގު ބައްޓަން ކުރުމުގައި ނަތީޖާ ނެރެދެވޭނެ ކަމުގެ ޔަގީންކަން އޭނާއާމެދު އޮތްކަން މާލޭ ރައްޔިތުން ހާމަކޮށްދެއްވީތީ ޝުކުރު ދަންނަވާ ކަމަށެވެ.

"ރައްޔިތުން ކުރެއްވި އިތުބާރު އަމާނާތްތެރި ކަމާއެކު، ނަތީޖާއިން އަދާކޮށްދޭނަން" މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބު ޑރ މުއިއްޒު ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ.