ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށް ކަނޑައަޅައި އެކަން އިއުލާން ކުރައްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން އެކަން އިއުލާން ކުރެއްވީ މިރޭ އެއްވެސް ތަނަކަށް ހަނދު ފެނިިފައި ނުވާތީއެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހަނދާ ބެހޭ ބަޔާން އިއްވަވައި ދެއްވީ އިސްލާމިކް މިިނިސްޓަރ ޑރ. އަޙުމަދު ޒާހިރެވ. އެމަނިކުފާނު ވިދާޅުވީ މިރޭ އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ ރަމަޟާންމަހުގެ ހަނދު ފެންމަތި ނުވާނެކަން ކަށަވަރުވެފައިވާ ކަމަށެވެ.

ހަނދު ސާބިތުވެފައި ނުވާތީ މާދަމާއަކީ ޝަޢުބާން މަހުން 30 ވަނަ ދުވަސް ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި ރޯދަމަހުގެެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިފައިވަނީ އެޕްރީލް 13 ވަނަ ދުވަސް ކަމަށް ވެސް ވަނީ ކަނޑައަަޅައި އިޢުލާން ކޮށްފައެވެ.

ބަޔާން އިއްވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ ބަރަކާތްތެރި ރަމަޟާން މަހުގެެ ފަރުޟު ރޯދަ ހިފުމުގައު ފަރުވާ ކުޑަ ނުކުރުމަށެވެ. އަދި ﷲ ގެ ރުއްސެވުމާއި މަޣުފިރިތަށް އެދި ދުޢާ ކުރުމަށް ވެސް މިނިސްޓަރ ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. މިނިސްޓަރު ވަނީ ރޯދަ ހިފުމަށް ފަރުވާތެރިވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފަ އެވެ. ރަމަޟާން މަހަކި މުޅި އިސްލާމީ އުންމަތަށް ވެސް ސަވާބާއި ދަރުމައިން ފުރިގެންވާ މަހަކަށް ﷲ ލައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެެފައިވެއެވެ.