މާލޭގެ ރައްޔިތުންނަށް ސަލްމާން މިސްކިތް ހުޅުވާދިނުމަށް މާލޭ ސިޓީ މޭޔަރުކަމައް އިންތިހާބުވި, ޑރ.މުހައްމަދު މުއިއްޒު އިލްތިމާސްކޮށްފިއެވެ.
މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީީ ރޯދަމަސް ފެށެން ކައިރިވިއިރުވެސް ސަލްމާން މިސްކިތް ނުހުޅުވޭތީ އެކަމާ ހިތާމަކުރައްވާކަަމަށެވެ.
އަދި މާލެއަށް ޒިޔާރަތް ކުރާ ރައްޔިތުންނާއި މާލޭގެ ރައްޔިތުންނަށް އެ މިސްކިތް ބޭނުން ކުރެވޭނެ ގޮތްވީ އެންމެ އަވަހަކަށް ހަދައިދިނުމައް މުއިއްޒުވަނީ އިލްތިމާސް ކުރައްވާފައެވެ.
އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވީ މި ރޯދަ މަހަށް ވެސް މިސްކިތް ނުހުޅުވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިސްކިތުގައި އަދިވެސް ފުރިހަމަ ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާ އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެން ކަމުން މުޅި މިސްކިތް ފުރިހަމަކޮށްގެން މި ރޯދަ މަހަށް ނުހުޅުވޭނެ ކަމަށެވެ.