ސައޫދީ އަރަބިއްޔާގެ އެންމެ މަތީ ކޯޓުން އަންގާރަ ދުވަހަކީ މުލަ ރޯދަ ދުވަސްކަމަށް އިޢްލާން ކުރުމުން، ޔޫއޭއީއާއި ކުވެއިތާއި ބަޙްރައިންއާއި މިސްރާއި އުރުދުންއާއި އިރާގްގައި މި އަދަކީ މުލަ ރޯދަ ދުވަސްކަމަށް ކަނޑައަޅައިފިއެވެ.

އޮމާނުން އިޢްލާން ކޮށްފައި ވަނީ އެގައުމަށް މުލަ ރޯދަ ވާނީ ބުދަ ދުވަހު ކަމަށެވެ.

ކުވެއިތުން ވަނީ ރޯދަ މަހު ތަރާވީހް ނަމާދު ހަމައެކަނި ފިރިހެނުންނަށް ބޭއްވުމަށާއި އަދި އެ ނަމާދު "ފަނަރަ މިނެޓަށް" ވުރެން ދިގު ނުކުރުމަށް އަންގާފައެވެ. ކޮންމެ ނަމާދަކަށް ފަހުވެސް ،މިސްކިތް ބަންދުކޮށްފައި ބެހެއްޓުމަށާއި އިޢްތިކާފް ނުކުރުމަށާއި ދަރުސްތައް ނުބޭއްވުމަށްވެސް ވަނީ އަންގާފައެވެ. އަދި ރޯދަ ވިއްލުމާއި ކެއުމުގެ އެއްވެސް ހަރަކާތެއް ނުބޭއްވުމަށްވެސް އަންގާފައި ވެއެވެ. އަދި ވެކްސިން ޖައްސާފައި ނުވާ މީހުން މިސްކިތަށް ނައައުމަށާއި ގޭގައި ނަމާދު ކުރުމަށްވެސް އަންގާފައި ވެއެވެ.

އުރުދުންއިން ތަރާވީހް ނަމާދަށް މިސްކިތްތައް ހުޅުވުމަށް އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ސިންގަޕޯރއާއި ތުރުކީއަށް ވެސް މިއަދަކީ މުލަ ރޯދަ ދުވަހެވެ.

އެމެރިކާ މުސްލިމުންވެސް ރޯދަ ހިފަން ފަށާފައި ވަނީ ހޯމަ ދުވަހުން ފެށިގެންނެވެ.

އިންޑިއާގައި ރޯދަ ހިފަން ފަށާނީ ބުދަ ދުވަހުން ފެށިގެންނެވެ. ޕާކިސްތާނާއި ބަންގްލަދޭޝްއިން ރަމަޟާން މަސް ފަށާނެ ދުވަހެއް ކަނޑައަޅާނީ މިއަދުއެވެ.