ޓެސްލާ އިން އިންޑިއާގެ ބާޒާރަށް އަމާޒު ހިފައިފިއެވެ. އެލޮން މަސްކްގެ އިލެކްޓްރިކް ކާރު، ޓެސްލާއިން ވަނީ ޖެނުއަރީ މަހު އިންޑިއާގައި ކުންފުންޏެއް ރަޖިސްޓްރީ ކޮށްފައެވެ. އަދި ޝޯ ރޫމްތައް ހަދަން ތަންތަންވެސް ހޯދަން ފަށައިފައެވެ.

އެކުންފުނިން ގެންދަނީ ބެންގަލޯރާއި މުމްބާއި އަދި ދިއްލީގައި ވިހި ހާހާއި ސާޅީސް ހާސް އަކަފޫޓްގެ ބިން ޝޯ ރޫމަށް ހޯދަމުންނެވެ.

އަދި އިސް މަގާމުތަކަށް ތަޖުރިބާ ހުރި މީހުން ހޯދައި ވަޒީފާވެސް ދެމުންނެވެ.

'މިދިޔަ އޮކްޓޯބަރުމަހު މަސްކް ވިދާޅުވެފައި ވަނީ 2021 ގައި އިންޑިއާގެ ބާޒާރަށް ޓެސްލާ ވަންނާނެ ކަމަށެވެ.

އިންޑިއާގައި ބެޓެރި ކާރު ޗާޖް ކުރުމަށް މަރުކަޒުތަކެއް އަދި ހަދާފައެއް ނުވެއެވެ. އަދި ބޭރުން އެތެރެ ކުރާ ކާރުތަކަށް ބޮޑެތި އަދަދުން ޑިއުޓީ ނަގައެވެ.

މިދިޔަ އަހަރު 2.4 މިލިއަން ކާރު އިންޑިއާގައި ވިއްކާފައިވާ އިރު އެއިން އެންމެ ފަސް ހާސް ޔުނިޓަކީ އިލެކްޓްރިކް ވެހިކަލް އެވެ.