ރަޝިޔާގެ ސިޔާސީ ކުށްވެރިޔާ އެލެކްސީ ނޭވަލްނީ ވަނީ އޭނަ ހުންނަ ޖަލުގެ މަސްއޫލުވެރިންނާ ދެކޮޅަށް ދައުވާ ކޮށްފައެވެ. އޭނާގެ ފަރާތުން އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މި ދައުވާ ކުރަން ޖެހުނީ، އޭނާ ގުރުއާން ދިރާސާކުރަން ބޭނުން ވެގެން ޤުރުއާނަކަށް އެދުމުން ޖަލުގެ ވެރިން އެކަން ކޮށްދީފައި ނުވުމުންނެވެ.

ރަޝިޔާގެ ރައީސް ޕުޓިންގެ ހަތުރު މޮސްކޯ ޖަލުގައި ބެހެއްޓުމަށްފަހު މިހާރު ވަނީ މޮސްކޯއިން ބޭރުގައި ހުންނަ ކަރުކަށި އަދަބުދޭ ޖަލަކަށް ބަދަލުކޮށްފައެވެ. މި ޖަލުގައި އެޓެންޝަނަށް މީހާ އެތައް ގަޑި އިރު ބަހައްޓާ ކަމަށްވެސް ވެއެވެ.

ނާވަލްނީ ބުނާ ގތުން އޭނާއާއެކު ގޮޅީގައި ތިބޭ ފަނަރަ ވަރަކަށް މީހުންގެ ތެރޭން ގިނަ މީހުންނަކީ، ޓީބީ ޖެހިފައިވާ މީހުންނެވެ. އަދި ޑޮކްޓަރަށް ދައްކަން އެދުމުން ޖަލުން ވަނީ އެކަމާ ވެސް ދެކޮޅު ހަދފައެވެ.

އިންސާނީ ހައްގުތަކާ ބެހޭ މައްސަލަ ބަލާ ޔޫރަޕްގެ ކޯޓުންވެސް ބުނެފައި ވަނީ ނާވަލްނީ ޖަލަށް ލާފައިވަނީ ސިޔާސީ ފައިދާއެއް ހާސިލު ކުރުމަށެވެ.

ރޯދަ މަސް އައުމާ ގުޅިގެން ގުރުއާނެއް ހޯދުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން އޭނާ ބުނަނީ އޭނާ ކްރިސްޓިއަނަކަށް ވިއަސް އޭނާގެ ދީން ރަނގަޅަށް އެނގި ގަތުމަށް ގުރުއާނަކީ އޭނާއަށް މުހިންމު ފޮތެކެވެ. އަދި މިއީ އަމިއްލަ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދިރާސާކުރުމަށް އޭނާ އަމާޒަކަށް ހަދާފައިވާ މަސައްކަތެއްވެސް މެއެވެ. އަދި އޭނާ ބޭނުންވަނީ ރަޝިޔާގެ ސިޔާސީ ފަންތީގައި ހިމެނޭ މީހުންގެ ތެރޭން އެންމެ ރަނގަޅަށް އިސްލާމް ދީން އެނގޭ މީހަކީ އޭނާ ކަމުގައި ވެގްނަނާށެވެ.