މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން މާލޭގެ ހަ ގޮނޑިއަކާ ބެހޭ ގޮތުން އެމްޑީޕީގެ ޝަކުވާތައް އިލެކްޝާން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އެމްޑީޕީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، މާލޭގެ ހަ ފޮށްޓެއް އަލުން ގުނުމަށް އެމްޑީޕީން ހުށަހަޅާފައިވާކަމަށެވެ.
އެގޮތުން މާލޭގެ އެ ހަދާއިރާގެ ފޮށި އަލުން ގުނާއިރުގައި ވީހާ ވެސް އަމާން މާހައުލެއްގައި ގުނުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އެމްޑީޕީން ވަނީ އެދިފައެވެ. މީގެ އިތުރުން އަލުން ގުނަން އެެދިފައިވާ މި ހަ ފޮށި ގުނުމުގައި އެމްޑީޕީގެ ކެންޑިޑޭޓުން މޮޅުވާނޭ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
ކައުންސިލް އިންތިޚާބުގެ ނަތީިޖާއާ ގުޅިގެން އެމްޑީޕީން ވަނީ އިއްޔެ އިލެކްޝަންސް ގެ އިންތިޚާބީ މަރުކަޒަށް ވަދެ ހަމަ ހަޅުތާލު ކޮށްފައެވެ. އަދި އިލެކްޝަން އިން ވޯޓު ގުނަމުން ދިޔަ އިރު އިދިކޮޅުގެ ބައެއް ފަރާތްތަކުން އީސީގެ ބޭފުޅުންނަށް ހުރަސް އެޅި ކަމަށް ވެސް އެމޑީޕީން ވަނީ ތުހުމަތު ކޮށްފައެވެ.