އިންޑިއާގެ ވައިގެ ސިފައިންގެ ކޮމާންޑަރުންގެ މާދަމާގެ ބައްދަލުވުމުގައި ޗައިނާގެ ފުށުން ދިމާވާ ގޮންޖެހުންތަކާއި ވައިގެ ސިފައިން ޗައިނާގެ ނުރައްކަލާ ކުރިމަތިލާނެ ގޮތާ މެދު މަޝްވަރާ ކުރާނެއެވެ. މިއިން އިންޑިއާގެ ވައިގެ ސިފައިންގެ ކަންކަން ސްޓްރެޓެޖައިޒް ކުރުމަށް އަހަރަކު ދެފަހަރު ބާއްވާ ބައްދަލުވުމުގެ ތެރޭން މިއަހަރުގެ ފުރަތަމަ ބައްދަލުވުމެވެ.
ލަދާކްގައި އިންޑިއާ ޗައިނާ ކުރިމަތިލާފައިވާ އިރު، އިންޑިއާއިން ދަނީ، ޗައިނާގެ މިސައިލް ބެޓެރީތަކާއި ސިފައިން ރުކުރުވާ ލުމާ ވައިގެ މަރުކަޒުތަކަށްވެސް ފާރަވެރި ވަމުންނެވެ.
މި ބައްދަލުވުން ބާއްވަން ތައްޔާރު ވެފއި ވަނީ މި މަހުގެ 9 ވަނަ ދުވަހު ބާއްވާފައިވާ ކޮމާންޑަރުން ފެންވަރުގެ މަޝްވަރާތަކުގައި އިންޑިއާއާއި ޗައިނާއަށް ކުރިއެރުމެއް ނުލިބި ނިންމާލާފައި ވަނިކޮށެވެ. އިންޑިއާއިން ވާހަކަތައް ފެށީ އިރުމަތީ ލަދާކްގެ ޑަމްޗޮކްއާއި ގޯރާއާއި ހޮޓް ސްޕްރިންގައި ތިބި ޗައިނާ ސިފައިން ފަހަތަށް ޖެއްސުމާ ބެހޭ ގޮތުންނެވެ.
އިންޑިއާއިން ބުނެފައި ވަނީ ޗައިނާއިން ސިފައިން ފަހަތަށް ޖައްސާފައި ނުވާ ކަމަށެވެ. އަދި ސިފައިންގެ އަދަދުވެސް މަދުކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، އިންޑިއާއިން ވެސް ވަނީ އިތުރު ސިފައިން އެ ސަރަހަށް ޖަމާކޮށްފައެވެ.
އިންޑިއާއާއި ޗައިނާގެ ކުރިމަތިލުމުގެ ތެރޭން އިންޑިއާއިން ވަނީ ލައިން އޮފް ކޮންޓްރޯލާ ކައިރީގައި ބިން އަޅާ ބޯޓްތައް ގެންގޮސްބާއްވާފައެވެ. އަދި އިންޑިއާ ސިފައިން މި ހިސާބުގައި ތިބީ ތައްޔާރީ ހާލަތެއްގައި ކަން އިންޑިއާއިން ބުނެއެވެ.
އަނެއް ކޮޅުން ޗައިނާއިންވެސް ދަނީ އެހެން އެތައް މަސްރަހެއްގައިވެސް ހޫނު ކުރަމުންނެވެ. އެގޮތުން އިތުމަތީ ޗައިނާ ކަނޑުގައި ޓައިވާނާއި ކައިރިން މަނަވަރުތައް ދުއްވުމާއި 25 މަތިން ދާބޯޓުން ޓައިވާންގެ ވައިގެ ސަރަހައްދު ފޫއަޅުވާލުމުގެ އަމަލުތައް ޗައިނާއިން ދަނީ ހިންގަމުންނެވެ. އަދި ޖަޕާނުގެ އޮކިނަވާ ކައިރިން ދެކުނު ޗައިނާ ކަނޑުގައިވެސް ޗައިނާއިން ދަނީ އަސްކަރީ ހަރަކާތް ވަރުގަދަ ކުރަމުންނެވެ. މީގެ އިތުރުން ޗައިނާގެ ކަނޑު މިލީޝިއާ ކަމަށް ދެކުނު ޗައިނާ ކަނޑުގެ ގައުމުތަކުން ބުނާ މަސްވެރި އުޅަނދު ތަކުން ދަނީ ފިލިޕީންގެ ދަށުގައިވާ ޖަޒީރާތައް ކައިރިއަސް އެއްވެ ގަނާ ކުރަމުންނެވެ. އެމެރިކާއިން ވެސް ވަނީ މަތިންދާ ބޯޓު އުފުލާ ދެ މަނަވަރު ބާއްވައިގެން ފޯރި މަރަން ފަށާފައެވެ.