ޗައިނާއިން ޓައިވާނަށް ނުރައްކާ ކުރަމުންދާ ދަނޑި ވަޅެއްގައި އެމެރިކާގެ އިސް ވަފްދެއް ވަނީ ޓައިވާނަށް ވަޑައިގެންފައެވެ. މި ބޭފުޅުން ދަތުރު ކުރެއްވީ ނުރަސްމީ މަތިންދާ ބޯޓެއްގައެވެ. އަދި މިއީ ވައިތްހައުސްއިން ފޮނުވާފައިވާ ވަފްދެއް ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
ޗައިނާއިން ދަނީ ޓައިވާނަށް ވައިގެ މަގުންނާއި ކަނޑުން ބިރު ދެއްކުމުގެ އަމަލުތައް ހިންގަމުންނެވެ.
ވައިޓްހައުސްއިން ސާބިތުކޮށްދޭން ބޭނުންވީ، ތައިވާންގެ ޑިކޮރެސީއާއި ތައިވާންގެ ހައްގުތަކަށް ދޫދޭކަށް އެމެރިކާ ނެތް ކަމުގެ ޔަގީންކަމެވެ.
މި ވަފްދުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނަކީ ކުރީގެ ތަޖުރިބާކާރުންނެވެ. އެއީމ ކުރީގެ ޑެޕިއުޓީ އޮފް ސްޓޭޓް ރިޗަރްޑް އަރމިޓޭޖްއާއި އެމެރިކާގެ ސެނެޓަރ ކްރިސް ޑޮޑްއާއި ޖޭމްސް ސްޓެއިންބަރގްއެވެ.
ޗައިނާއިން ބާއްވާފައިވާ އަސްކަރީ ތަމްރީންތައް ޗައިނާއިން ސިފަ ކޮށްފައި ވަނީ އެއީ ހަނގުރާމައިގެ ތަމްރީންތަކެއް ކަމަށެވެ.
މި ދަތުރުފުޅުގައި މި ބޭފުޅުން ތައިވާންގެ ރައީސާއާ ބައްދަލު ކުރައްވާނެއެވެ.
ޗައިނާއިން ބުނާ ގޮތުގައި ޓައިވާން ކަނޑު އޮޅީގައި ޗައިނާއިން ބާއްވާ އަސްކަރީ ތަމްރީނަކީ ޓައިވާންގެ ރައްޔިތުންނާ ދެކޮޅަށް ބާއްވާ ތަމްރީން ތަކެއް ނޫން ކަމަށެވެ. ނަމަވެސް މިއީ ވެރިކަން ކުރާ ޕާޓީގެ ވަކިވެގަތުމުގެ ރޫހާ ދެކޮޅަށް ބާއްވާ ތަމްރީން ތަކެއް ކަމަށެވެ.
ޗައިނާއިން އަބަދުވެސް ޓައިވާނާ ގާތްވާ ގައުމުތަކަށް އިންޒާރު ދީހަދައެވެ. ނަމަވެސް މި ފަހަކަށް އައިސް ޓައިވާނާ ގާތްވާ ގައުމުތައް ދަނީ އިތުރު ވަމުންނެވެ.