ޕާކިސްތާންގެ އިސްލާމީ ހަރުކަށި ޖަމާއަތަކުން އިންތިޒާމު ކުރަމުން ގެންދާ ހަޅުތާލުގައި ހަމަނުޖެހުން ބޮޑު ވުމުގެ ސަބަބުން ޕަންޖާބްގައި ސިފައިން ރުކުރުވާލައިފިއެވެ.

ތަހްރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީ (ޓީއެލްޕީ) ން ބާއްވާފައިވާ ހަމަނުޖެހުންތަކުގައި ފުލުހުންގެ ދެ މީހަކު ވަނީ މަރުވެފައެވެ. އަދި 125 ފުލުހަކަށް ވަނީ ހާނީއްކަ ވެފައެވެ.

ޓީއެލްޕީ އިން ހަޅުތާލަށް ނިކުމެފައި ވަނީ އެމީހުންގެ ލީޑަރު ސައުދު ރިޒްވީ ފުލުހުން ހައްޔަރުކުރުމާ ގުޅިގެންނެވެ. ހޯމަ ދުވަހު އޭނާ ހައްޔަރުކޮށްފައި ވަނީ ހަޅުތާލުގެ ކުރިންނެވެ.

އަންގާރަ ދުވަހު ރިޒްވީއަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ ފުލުހަކު ވަގަށް ނަގައި މެރުމަށް އޭނާ ހިތްވަރު ދިން ކަމަށެވެ. އަންގާރަ ދުވަހާ ހަމައަށް ފުލުހުން ވަނީ ގައުމުގެ އެކި ހިސާބުތަކުގައި ޓީއެލްޕީ މީހުން ނިކުމެ ބަންދު ކުރި މަގުތައް ހުޅުވައި ދީފައެވެ.

ޕާކިސްތާންގެ ތަފާތު މަޒުހަބުތަކާއި ޖަމާއަތްތަކުގެ ދަންނަބޭކަލުން ވަނީ ޓީއެލްޕީގެ ހަޅުތާލު ކުށްވެރިކޮށްފައެވެ.

ޓީއެލްޕީން ހަޅުތާލަށް ނިކުތީ ފަރަންސޭސިވިލާތުން ކުރަހާފައިވާ އިހާނާތްތެރި ކާޓޫނާ ގުޅިގެން ސަރުކާރުން އެޅުމަށް ޓީއެލްޕީން މަޖުބޫރު ކުރި ފިޔަވަޅުތައް ނައަޅައިގެންނެވެ.