މުސްލިމުންނަށް ނިސްބަތް ކުރެވޭ އެގާރަ، އިސްލާމީ ޖަމާއަތެއް ސްރީލަންކާއިން މަނާކޮށްފިއެވެ. މީގެ ތެރޭގައި އަލްގައިދާއާއި އައިސިސް ހިމެނެއެވެ. ދެން އޮތް ނުވަ ޖަމާއަތަކީ ލަންކާގެ މުސްލިމުންގެ އަމިއްލަ ޖަމާއަތްތަކެވެ.

ސިލޯނު ގެޒެޓްގައި ޝާއިއުކޮށްފައިވާ ގޮތުން މިއިން ޖަމާއަތަކަށް މީހަކު ނިސްބަތް ވަނީ ނަމަ އެމީހަކަށް ވިހި އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ސްރީލަންކާ ރައީސްގެ މި ގަރާރު އައިސްފައިވަނީ އީސާގެފާނު އުފުއްލެވި ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް މީހުން ފައްޅީގައި އަޅުކަމުގައި ތިއްބައެވެ. ލަންކާ ކްރިސްޓިއަނުން ބުނެފައި ވަނީ މި ހަމަލަ ދިން މީހުންނަށް އަދަބު ދީފައި ނުވާތީ މުނާސަބާއާ ދިމާކޮށް އެމީހުން އިހުތިޖާޖަށް ނިކުންނާނެ ކަމަށެވެ.

ހައްދުފަހަނަޅާފައިވާ މުސްލިމުންގެ ބަޔަކު ވެގެން ދީފައިވާ ޖާނު ގޮއްވާލުމުގެ ކުފުރު މަރުގައި 279 މީހަކު މަރާލިއެވެ. މިހަމަލަ ދިން އެންމެން މަރުވެފައިވާ ކަމަށް ބެލެވެއެވެ.