ކަޝްމީރުގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އިންޑިއާއާއި ޕާކިސްތާންގެ މަސްއޫލުވެރިން ދުބާއީގައި ސިއްރު ބައްދަލުވުންތަކެއް ބާއްވަވައިފިއެވެ. އެތައް މަހެއް ދަންދެން ސިއްރިއްޔާތުގައި ކަންކަން މައިތިރިކުރުމަށް ދެ ގައުމުން މަސައްކަތް ކުރުމަށްފަހު ސިއްރު މަޝްވަރާތައް ބާއްވަމުން ގެންދާކަމަށް މިކަމުގެ މަޢްލޫމާތު ލިބިފައިވާ ނިއުދިއްލީ ފަރާތްތަކުން ކަށަވަރު ކޮށްދެއެވެ.
ދެ ގައުމުގެ ދެމެދުގެ އެންމެ ބޮޑު ހަމަނުޖެހުމަކީ ކަޝްމީރެވެ.
ދެ ފަރާތަކުން ކަށަވަރުކޮށްދޭ ގޮތުގައި ޕާކިސްތާންގެ އިންޓަރ ސަރވިސަސް އިންޓެލިޖެންސް (އައިއެސްއައި) އާއި އިންޑިއާގެ ރޯ ވަނީ ޑުބާއީއަށް ވަޑައިގެން ޔޫއޭއީއިން ފަހިކޮށްދިން މަޝްވަރާތަކުގައި ބައިވެރިވެފައެވެ.
އެހެން ފަރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ދެ ފަރާތުން ވަނީ ޑުބާއީއާއި ތައިލެންޑާއި ލަންޑަންގައިވެސް މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވަވާފައެވެ.
މަޝްވަރާތައް ބޭއްވުނު ނަމަވެސް އެތައް ކަމެއް ގޯސްކޮށް ހިނގައިދާނެ ކަމަށް ދެފަރާތުންވެސް ދެކޭތީ މިކަމާ ގުޅޭ ތަފްސީލެއް ހާމަކުރާކަށް ދެފަރާތުންވެސް ބޭނުމެއް ނުވެއެވެ.