މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގާނޫނެއް އެކުލަވާލާ ފުރަތަމަ ގައުމަކަށް ނިއުޒިލެންޑް ވެގެންދާނެއެވެ. ބެންކަކުން ކުރާ އިންވެސްޓްމެންޓަކުން ތިމާވެށްޓަށް އަންނަ ބަދަލު އެފަރާތަކުން ބަލައި އެކަން ރިޕޯޓް ކުރަން ޖެހޭނެއެވެ. އަދި މި ގާނޫނު ހިނގާނީ އެއް ބިލިއަން ނިއުޒިލެންޑް ޑޮލަރަށް ވުރެން ގިނައިން އިންވެސްޓް ކުރާ ކުންފުނިތަކަށެވެ.

ނިއުޒިލެންޑްގެ އަމާޒަކީ، 2050ގައި ކަރބަން ނިއުޓްރަލް ގައުމަކަށް ވާށެވެ.

މި އައު ގާނޫނުގެ ފުރަތަމަ ކިޔާލުން ނިއުޒިލެންޑްގެ ޕާލަމެންޓްގައި މި ހަފްތާގައި އޮންނާނެއެވެ.

މި ބިލް ފާސްވެއްޖެނަމަ 2023 އިން ފެށިގެން ތިމާވެށްޓަށް އަންނާނެ ބަދަލު ރިޕޯޓް ކުރަން ޖެހޭނެއެވެ.