ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫސިޓީ މޭޔަރުގެ މަގާމަށް އިންތިހާބުވި އަލީ ނިޒާރަށް ޗައިނާއިން މަރުހަބާ ކިޔައިފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ކުރި ޓްވީޓުގައި ބުނެފައިވަނީ ޗައިނާ އެމްބަސީ ހިންގުމާ ވަގުތީ ގޮތުން ވަގުތު ހުންނެވި ޔޫ ޒުއެންގް ނިޒާރަށް ފޯނު ކުރައްވައި މަރުހަބާ ދަންނަވާފައިވާ ކަމަށެވެ. އަދި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް އެ ދެ ބޭފުޅުން އެ ފޯން ކޯލްގައި މަޝްވަރާ ކުރެއްވި ކަމަށް ޗައިނާ އެމްބަސީންގެ ޓްވީޓުގައި ބުނެފައިވެއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އަލީ ނިޒާރަށް 7432 ވޯޓު ލިބުނު އިރު ޕީޕީއެމް ޓިކެޓުގައި ވާދަކުރެއްވި މުހައްމަދު ލަތީފަށް 4226 ވޯޓު ލިބިފައިވެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް ތާހިރަށް 345 ވޯޓު ލިބިފައިވެއެވެ.