މި އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާ މިރޭ 21:30 އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިރޭޭ ވާހަކަ ދައްކަވާނީ "ރަމަޟާން މަހާއި ނަބަވީ ފިލާވަޅު" މި މަޢުޟޫގެ މައްޗަށް ކަމަށެވެ.

މިރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާ ޢިލްމުވެރިންނަކީ ޑރ. އަޙްމަދު ޒާހިރު ޢަލީ، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެޗް.ޕީ.އޭ ގެ ގައިޑްލައިނާ އެއްގޮތަށް ޢާއްމުންނަށް ޖަލްސާއަށް ވަނުުމުގެ އިންތިޒާމުވަނީ ހަމަޖެހިފައި ކަމަށެވެ.