ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ފަޒުނާ މިހާރު ހުންނެވީ އާއިލާއާ އެކަހެރިވެވަޑައިގެން ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވިނަމަވެސް އެކަމަނާގެ ހާލުކޮޅު ރަނގަޅު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ސޯލިހާއި އެމަނިކުފާނުގެ ދަރިކަލުންނާއި ދަރިކަނބަލުން ކޮވިޑަށް ނެގަޓިވްވެފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އޭނާގެ އަނބިކަނބަލުން ނަޒީހާ އަހްމަދު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ނަޒީހާ އަކީ މެޑަމް ފަޒްނާގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.