ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުން ރަށްރަށް ދަތުރު ކުރާއިރު ކަރަންޓީނުވާކަށް ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމު ދިރިއުޅުމަށް ބަދަލުވުމަށް އެންމެންވެސް ކެއްމަދުވެފައި ތިބި ކަމަށެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހިޔަސް ރަށްރަށް ދާއިރު ކަރަންޓީނުވާން ނުޖެހޭނީ އެ ވެކްސިން ޖެހިތާ ދެ ހަފްތާފަހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މިހާތަނަށް 28،950 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފަ އެވެ. މިހާތަނަށް ކަރަންޓީނާ ނުލައި ރަށްރަށް ދެވެނީ ހަމައެކަނި އެޗްޕީއޭގެ ޚާއްސަ ހުއްދައިގެ ދަށުންނެވެ.