ބޭހަށް ނުގުޑާ ޒާތުގެ މެލޭރިއާއެއް އެފްރިކާގައި ދަނީ ފެތުރެމުންނެވެ. 2019 ވަނަ އަހަރު މެލޭރިއާ ޖެހިގެން މަރުވި މީހުންގެ 90 އިންސައްތަ މީހުން މަރުވެފައި ވަނީ އެފްރިކާގައެވެ.

މި ކަމާ ބެހޭ ގޮތުން ރުވަންޑާއާއި އަވަށްޓެރި ގައުމުތަކުގައި ހަދާފައިވާ ދިރާސާއަކާ ހަވާލާދީ ލެންސެޓް މަޖައްލާގައި ބުނެފައި ވަނީ އިތުރު ދިރާސާތައް އަދިވެސް މި ރޮނގުން ކުރަން ޖެހިފައިވާ ކަމަށެވެ.

ސުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ބުނާ ގޮތުން ދުނިޔޭގައި 229 މިލިއަން މެލޭރިއާ ކޭސް އެބަ އުޅެއެވެ. މި ބަލީގައި 2019 ގައި ހަތަރު ލައްކަ މީހުން މަރުވެފައި ވެއެވެ. މިއިން ގިނައީ ކުޑަ ކުދިންނެވެ. މެލޭރިއާއަކީ ބާވަތެއްގެ މަދިރިއެއްގެ އަންހެން އެތިން އިންސާނުންނަށް ވާސިލުވާ ބައްޔެކެވެ.