ކަޝްމީރު އަންހެނުން ވަނީ އަންހެނުންނަށް ވެސް ހަތަރުފުރޮޅުލީ އުޅަނދު ކުޅަދާނެ ކަމާއެކު ދުއްވިދާނެ ކަން ސާބިތުކޮށްދީފައެވެ. ހިލޭސާބަހަށް މަސައްކަތް ކުރާ އަންހެނުންގެ ޖަމުއިއްޔާއަކާ ސްރީނަގަރު ޓްރެފިކް ޕޮލިސްއާ ގުޅިގެން ހިންގި ޕްރޮގްރާމުގައި އަންހެނުން ވަނީ އެމީހުންގެ ކުޅަދާނަކަން ދައްކާފައެވެ.
މި ރެލީގައި ބައިވެރިވި އަންހެން ދްރައިވަރު ޝެއިޚް ސަބާ ބުނިގޮތުގައި އެމީހުން ދައްކައި ދޭން ބޭނުންވީ އަންހެނުންނަށް ވެސް ދުއްވިދާނެ ކަމަށާއި އަންހެން ޑްރައިވަރުންނަށް ފިރިހެނުން އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
މި ރެލީގެ މަގްސަދަކީ އަނެހެނުންނަކީވެސް ފިރިހެނުންނެކޭ އެއްފަދައިން ކުޅަދާނަ ޑްރައިވަރުންތަކެއް ކަން ދެއްކުމެވެ.
ސަބާ ބުގޮތުގައި ގެ މެނޭޖްކޮށް އާއިލާއެއް ބަލަހައްޓާއިރު އަންހެނުން ނަން ވަނީ ދުއްވަން ނުފަރިތަ ބަޔެއްގެ ގޮތުގައެވެ. އެކަމަކު މި ރެލީން ދައްކައި ދޭން ބޭނުންވީ ކަން އޮތީ އެހެން ނޫން ކަމުގައެވެ.
ކާރް ރޭލީ އިންތިޒާމް ކުރި ސިބްތާނީ ގާދިރީ ބުނިގޮތުގައި އެކްސިޑެންތްގެ ތަފާސް ހިސާބަށް ބަލާއިރު އަންހެން ޑްރައިވަރުންގެ އެކްސިޑެންޓްތައް ފިރިހެން ޑްރައިވަރުންނަށް މާމަދެވެ. އަދި އަންހެނުން ލައިސަންސް ނެގުން އިތުރު ކުރުމަށް ހިތްވަރު ދިނުމަށާއި މި ކަހަލަ ކާރު ރެލީ އިތުރަށް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.