ޗައިނާއިން އެމެރިކާ ކުރާ ކަންތައްތަކާ ގުޅޭ ގޮތުން އެވަރެޖްކޮށް ކޮންމެ ދިހަ ގަޑިއަކުން ތަހްގީގެއް އެފްބީއައި އިން ފަށާކަމަށް އެފްބީއައިގެ ޑިރެކްޓަރ ކޮންގްރެސްގައި ވިދާޅުވެއްޖެއެވެ. ސެނެޓް އިންޓެލިޖެންސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ކްރިސްޓޮފާ ރޭ ވިދާޅުވީ މި ތަހްގީގުތައް އެފްބީއައިގެ ސްޓާފުން ފަށަނީ އެމީހުން ކުރާނެ ކަމެއް ނެތިގެނެއް ނޫނެވެ.
އޭނާ ވިދާޅުވީ މިހާރުވެސް ޗައިނާއާ ދެކޮޅަށް އެފްބީއައި އިން ދެހާހެއްހާ ތަހްގީގެއް ކުރިއަށް އެބަ ގެންދާ ކަމަށެވެ. އޭނާ ވާހަކަ ދައްކަވަމުން ގެންދެވީ ފްލޮރިޑާގެ ސެނެޓަރ މާރކޯ ރޫބިއޯ، ރަޝިޔާއާއި ޗައިނާއިން އެމެރިކާގެ ކަންކަމާ ބެހޭ ގޮތުން ކުރެއްވި ސުއާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޗައިނާއަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ އެމެރިކާގެ އުފެއްދުންތެރިކަމާއި އިގްތިސާދީ ސަލާމަތާއި ޑިމޮކްރެޓިކް ފިކުރަށް ޗައިނާއަށް ވުރެން ބޮޑު ނުރައްކަލެއް ނެތެވެ. އަދި ޗައިނާ ސަރުކާރުން އެކަޑެމިކް މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށްވެސް ޗައިނާއިން ނުރައްކާ ކުރާ ކަމަށެވެ.