ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރާ އިތުރު މައްސަލައެއްގެ ތަހުގީގަށް ފުލުހަށް ހާޒިރުކޮށްފިއެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރު ކޮށްފައިވަނީ މިއަދު ހެނދުނު 11:00 އިރުއެވެ.

ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރިއިރު، އެކަމާއި ގުޅޭގޮތުން އިތުރު މައުލުމާތެއް ފުލުހުންނެއް އަދި އެމަނިކުފާނުގެ ވަކީލުންނެއް ދީފައެއްނުވެއެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިހާރު ވެސް އަންނަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި ދައުވާ ކުރަމުންނެވެ. އެގޮތަށް ފުށްގިރި މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ރައިސް ޔާމީންގެ މައްޗަށް އުފުލާފައިވެއެވެ.