ޔޫކްރޭންގެ ސަރަހައްދަށް ރަޝިޔާއިން ސިފައިން އެއްކޮށްގެން ފިއްތަމުންދާ ދަނޑިވަޅެއްގައި އިނގިރޭސިވިލާތުން އެ ސަރަހައްދާ ކައިރިއަށް މަނަވަރުތައް ފޮނުވަން ނިންމައިފިއެވެ.
މިއީ ޔުކްރޭންއާއި ނޭޓޯގެ ބައިވެރިންނަށް އިނގިރޭސިންގެ ތާއީދު އޮތްކަން ދެއްކުމަށް އަޅާ ފިޔަވަޅެކެވެ.
ސަންޑޭ ޓައިމްސްއިން ބުނިގޮތުގައި، މި މަނަވަރުތައް މެޑިޓެރޭނިއަން ކަނޑުން ލައިގެން ބޯސްފަރަސް ކަނޑު އޮޅު ގިރާކޮށް ކަޅުކަނޑަށް ނިކުންނާނީ މެއި މަހުއެވެ.
ކަޅުކަނޑަށް އެއްބައި މަނަވަރުތައް ވަންނައިރު ތައްޔާރީ ހާލަތުގައި އެހެން މަނަވަރު ގްރޫޕެއް މެޑިޓެރޭނިއަން ކަނޑުގައި ތިބޭނެ ކަމަށްވެސް ބުނެފައި ވެއެވެ.