ދޮންކޭލަކީ އެންމެ ރައްކާތެރި ގޮތެއްގައި އަޅުގަނޑުމެންނަށް ލިބެންހުރި ޞިއްޙީގޮތުން ރަނގަޅު އަނގަޔަށްމީރު މޭވާގެ ބާވަތެކެވެ. މިއީ ދުނިޔޭގައި އެންމެ ދުވަސްވީ އެންމެ މަޝްހޫރު މޭވާ ތަކުގެ ތެރޭގައި ހިމެނޭ މޭވާއެކޭވެސް ބުނެވިދާނެއެވެ. މީގައިލެވިފައިވާ ކަވަރުގެ ސަބަބުން ފަނިފަޚުސާ، ޖަރާސީމް ފަދަ އެއްޗިހިން ރައްކާތެރިކަން ލިބިދެއެވެ.
ދޮންކޭލަކީ އަސްލު އިންޑިޔާ އަދި މެލޭގެ އެއްޗެއްކަމަށް ތާރީޚް ބުނެއެވެ. އޭރު މެލޭގެ ސިފައިން މަޑަގަސްކަރާގައި އުޅުނުއިރު
އެތާގައި މިހައްދާފައިވެއެވެ. އަދި މިތަނުން އެފްރިކާއަށް އެއަށްފަހު ހުޅަނގަށާއި ދުނިޔޭގެ އެހެނިހެން ހިސާބުތަކަށް މި މުހިއްމު މޭވާ ފެތުރިގެން ގޮސްފައިވެއެވެ.
ދޮންކޭލަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް އެކުލެވޭ ކާނާއެކެވެ. މިއީ ދެވަނައެއްނުވާ އޭގައި ހަކަތައެކުލެވޭ، ހަށިގަނޑުގެ ޓިޝޫ ހެދިބޮޑުވާ މާއްދާތައް އެކުލެވޭ ކާނާގެ ބައިގިނަ ފެނުގެބައިމަދު މޭވާއެކެވެ. މީގައި ގިނައަދަދަކަށް (ހަށިގަނޑަށް އަވަހަށް ބޭނުން ކުރެވޭފަދަ)ހަކުރުގެ ބައި ހިމެނެއެވެ.
މީގައިހިމެނޭ ބައެއްފައިދާތައް ތިރީގައި މިވަނީއެވެ.
ގޮހޮރާއި ބަނޑުގެ އުނދަގޫތަކަށާއި ބަނޑުހިކުމާއި ބޭރަށް ހިންގުން، ލޭ މަދުވުން، އެލާޖިކް ކަންތައްތަކަށް ކިޑްނީގެ ބައެއްމައްސަލަތަކަށް ( ނޯޓް: ކިޑްނީ ފެއިލްވެފައިވާ މީހުން މިކެއުމާ ދުރުހެލިވާންޖެހެއެވެ. ސަބަބަކީ މީގައި ގިނަ އަދަދަކަށް ޕޮޓޭޝިއަމް ހުރުމުގެ ސަބަބުންނެވެ.) މާބޮޑަށް ފަލަވުން (ބަރުދަން ލުއިކުރެއްވުމަށް ދޮންކޭލާއެކު ސްކިމް މިލްކު ބޭނުން ކުރުމަކީ ވަރަށްރަނގަޅު ގޮތެކެވެ.)، ކެޔޮ ބޯއްޓަކީ ޕީރިއަޑް ދުވަސްވަރުގައި ގިނައިން ލޭއައުން، ތަދުވުން ފަދަ ކަންކަމަށް ރަނގަޅު އެއްޗެކެވެ. ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށާއި، ޓީ.ބީ، އަދި ހުޅުހުޅުގައި ރިއްސުމަށް ވަރަށް ފައިދާހުރި އޮށްޓަރުހުރިކާނާއެކެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމުން ދިމާވާ އުނދަގޫތައް ލުއިކޮށް ސިކުނޑީގެ ބާރުގަދަކޮށްދޭ، މޭ އެންދުމަށް ރަނގަޅު، ހިންހަމަނުޖެހުން ފިލުވައިދޭ، ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ، މާބަނޑު ދުވަސްވަރު ހޮޑުލާ މިންވަރު ދަށްކޮށްދޭ މޭވާއެކެވެ.